25 Jun 2021, 22:05
ރާއްޖެއިން މިއަދު އިތުރު 266 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 41 މީހުންނާއި އަތޮޅުތަކުން 105 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން އަށް މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން 112 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 72،944 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 4،295 މީހުންގެ ތެރެއިން 31 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު ބަލިން ރަނގަޅުވީ 232 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 68،429 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 208 މީހުން ވަނީ މަރުވެފަ އެވެ.