15 Feb 2012, 16:27
ސުޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކުގެ ހާއްސާ މުޝީރުކަމުގެ ފަތްކޮޅު ޑރ. ހަސަން އަށް އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. ޑރ. ހަސަނަކީ ކުރީގެ ރައީސް ނަޝީދުގެ އެޑްވަރިޒަރުގެ މަގާން ފުރެއްވެވި ބޭފުޅެކެވެ. ނަމަވެސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރު ޑރ. ހަސަން ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.