23 Jun 2021, 14:21
ވައްކަމުގެ ތުހުމަތުވާ މީހަކު ހޯދުމަށް ފުލުހުންގެ މުއައްސަސާއިން އޭނާގެ ފޮޓޯ އަދި ވީޑިއޯ އާންމުކޮށްފި އެވެ.
މިދިޔަ މަހު އޭނާ ވައްކަން ކުރިކަމަށް ތުހުމަތު ކުރެވެނީ, ސިނަމާލެ ފްލެޓަކުންނެވެ.
ފުލުހުންގެ ހިދުމަތުން މިއަދު ބުނީ, އޭނާ ހޯދުމަށް އިއުލާންކުރީ މިދިޔަ މަހު 19 ވަނަ ދުވަހު, ގ. ސިނަމާލެ ފްލެޓެއްގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އޭނާގެ ނަމާއި ވަންވަރު ފުލުހުން ހާމަކޮށްފައި ނުވެ އެވެ. އަދި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވެނީ ވެސް ކޯއްޗެއް ކަމަށް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ސިނަމާލެ ފްލެޓުން ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހާ
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ އެ މައްސަލައާ ގުޅިގެން, އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ޑިޕާޓްމަންޓާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މައުލޫމާތު ހިއްސާކުރާނީ, އެ ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެ ކަމަށް ފުލުހުން ބުންޏެވެ. އިންސިޓެންޑް ނަންބަރަކީ 487420 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންގެ މުއައްސަސާއިން ޝުކުރު އަދާކުރި އެވެ.