ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިން ހާލަތުގައި ނެތް ރަށްރަށުގެ މެދުގައި ހުއްދައާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ކުރިން ކޮވިޑުގެ މި ހާލަތުގައި އަމަލުކުރަމުންދިޔަ ގޮތަށް، ގެސްޓްހައުސް ހުންނަ ރަށަކާއި ނެތް ރަށަކާ ދެމެދުގައި ދަތުރުކުރަން ހުރި ހިފެހެއްޓުން ދަމަހައްޓާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތު ގޯސްވެ، އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކުރީ މެއި ހަތަރުވަނަ ދުވަހުގަ އެވެ.

މާދަމާއިން ފެށިގެން ދިން އިތުރު ލުއިތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު 10 ގަޑިއިރަށް ކުރު ކުރުމާއި ޝަރުތުތަކާއެކު ޖިމްތައް ހުޅުވަން ހުއްދަ ދިނުމެވެ.