22 Jun 2021, 19:29
ހާލުގައި ޖެހިގެން ބޭރުގެ ޔޮޓެއް މާލެ ބަނދަރަށް ވަނުމުން ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ރާއްޖޭން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން މާލެ އައިސް، ނަސަންދުރައާ ދިމާލުން ފަޅުތެރެއަށް ވަތްކަމުގެ މައުލޫމާތު މިއަދު ހަވީރު 5:00ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެމްއެންޑީއެފްއިން ވެސް ވަނީ އެއީ ހާލުގައި ޖެހިގެން ބަނދަރުކުރި ޔޮޓެއްކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ލޯކަލް އެޖެންޓު މެދުވެރިކޮށް ބަލަމުންދާ ކަމަށާއި ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޔޮޓް މިހާރު ހުޅުމާލެއަށް ގެންދާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.