15 Feb 2012, 14:40
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ފެރީގެ ޚިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ފެރީގެ ޚިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމައިވާ ކަމަށެވެ.
ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަށް އެއްވެސް ހުއްޓުމެއް ނެތި ފެރީގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަގީކަން އަރުވާކަމަށާއި ފެރީގެ ޚިދުމަތް ދޭ ފަރާތްތަކުން ފުރިހަމަކަމާ އެކު ފެރީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފެރީގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކުން ވެސް އޮމާންކަމާ އެކު މި ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކޮށް މިކަންކަމަށް ހިތްވަރުދޭ ވާހަކަ ވެސް މިފުރުސަތުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.