21 Jun 2021, 22:11
ރާއްޖެއިން މިއަދު އިތުރު 253 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 35 މީހުންނާއި އެހެން ރަށްރަށުން 164 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ތިން މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން 43 މީހުންގެ އިތުރުން ސިނާއީ ރަށްރަށުން އަށް މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 72،149 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލިޖެހިފައި ތިބި 4،784 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 44 މީހުންނަށެވެ.
މިއަދު ބަލިން ރަނގަޅުވީ 769 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 67،148 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 206 މީހުން ވަނީ މަރުވެފަ އެވެ.