ބިކިނީގައި އާޓިފިޝަލް ބީޗް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ފުލުހުން ހުއްޓުވައިފި އެވެ.

މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި ފުލުހުން އެ ސަރަހައްދަށް އައީ, އެތަނުގައި ހުންނަ ޗެކް ޕޯސްޓުގައި އާންމު މީހަކު ޝަކުވާ ކުރުމުންނެވެ.

ދެ ފުލުހަކު އައިސް އެ ފަތުރުވެރިންނަށް ނަސޭހަތް ދިން މަންޒަރު އެ ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިންނަށް ފެނުނެވެ. އަދި އޭރު މޫދަށް އެރި އޮތް ފަތުރުވެރިޔާ ވަނީ, އޭނާގެ އައުރަ ނިވާ ވާނެހެން ގައިގައި ތުވާލި އޮޅާފައެވެ. އަދި އެއަށްފަހު, އޭނާ ފަހުން ވަނީ ހެނދުން އަޅާފައެވެ. އޭނާއާއެކު އެވަގުތު އެހެން ފަތުރުވެރިންތަކެއްވެސް މުދަށް އެރި އުޅުނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި އާންމު ބީޗްތަކަށް ފަތުރުވެރިން ބީޗަށް އެރި އުޅުމަކީ, މަނާ ކަމެވެެ. ދޭތެރެ ތެރެއިން އެގޮތަށް ފަތުރުވެރިން ބިކިނީގައި މޫދަށް އެރުމުން ފުލުހުން ނަސޭހަތްދެ އެވެ.

މީގެ ކުރިން މާފުށީގައި އެގޮތަށް މޫދަށް އެރި އުޅުނު އިނގިރޭސީ ވިލާތުގެ ފަތުރުވެރިޔެއްގެ މައްސަލަވެސް ހޫނުވި އެވެ. އަދި އެ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން ހަރުކަށިކޮށް އަމަލު ކުރި ކަމެއް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުންވެސް ފާޅު ކުރި އެވެ. ފުލުހުން ބުނެފައިވަނީ, އެ ފަތުރުވެރިޔާ ހުރީ ކައިރި ސަފާރީއަކުން ރާ ބޮއެގެން ކަމަށެވެ.

މާފުށިން ވާހަކަ ދެއްކި ބައެއް މީހުން އޭރު ބުނި ގޮތުގައި އެ ފަތުރުވެރިޔާ ހައްޔަރުކުރީ، އާންމު ސަރަހައްދެއްގައި ބިކިނީލައިގެން އުޅޭތީ، ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަމަށް ބޯނުލެބުމުންނެވެ.

އެ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮތުގައި، ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަކީ މުޅިން ނުބައި ގޮތެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ފުލުހުންނަށް ހޭންޑަލް ކުރެވޭނެ އެވެ.

އެ މައްސަލަ ބެލި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމީ, ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ގޯހެއް ނެތް ކަމަށެވެ.ފުލުހުންގެ ޕްރެފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ވަނީ ތަހުގީގުކޮށްފަ އެވެ. އަދި ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދިއުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނީގެ އިމުގެ ތެރެއިން ކަމަށް ވެސް ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު ފެބްރުއަރީގައި ހިނގި އެ ހާދިސާއާ ގުޅިގެން އިނގިރޭސީވިލާތުން ވަނީ, ރާއްޖެ އަންނަ އެ ގައުމުގެ ރައްޔިތުންހެދުން އެޅުމުގައި ރާއްޖޭގެ ގަަވައިދުތަކަށް ސަމާލުވުމަށްޓްރެވަލް އެޑްވައިޒަރީއެއްވެސްނެރެފައެވެ.