ރާއްޖެއިން އިތުރު 187 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 84 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 91 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވް ވި ހަތް މީހުންގެ އިތުރުން ލިވަބޯޑުތަކުން ޕޮޒިޓިވްވި ފަސް މީހެކެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 5،613 ސާމްޕަލް ވަނީ ޓެސްޓު ކޮށްފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 71،896 އަށް އަރައިފަ އެވެ.

މިވަގުުތު 5،300 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 46 މީހުން ތިބީ ހޮސްޕިޓަލުގަ އެވެ.

މި ބަލީގައި މިހާތަނަށް 205 މީހަކު ރާއްޖެއިން މަރުވެފައި ވެއެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 66،379 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 289 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.