20 Jun 2021, 19:18
ކްރިމިނަކް ލޯޓުގެ ގާޒީކަމުގެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތި ލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ނުވަ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
ސުންގަޑި ހަމަވިއިރު މަގާމަށް ކުރިމަތިލީ ބޭފުޅުންނަކީ
އާދަމް އާރިފް
- ރަފީއުއްދީން އަހުމަދު
- އަލީ ނަދީމް
- އިބްރާހިމް އިހުސާން
- އަހުމަދު ތައުފީގު
- އާމިނަތު އަޒްލިފާ
- އިސްމާއިލް ޝަފީއު
- ސުލައިމާން މުހައްމަދު
- މުހައްމަދު ސަމީރު
ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖޭއެސްސީ އިން އިއުލާނު ކުރީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.
އެއ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރުމުން ހުސްވި މަގާމާއި ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވީ އޭނާ ގާޒީ ކަމުން ވަކިކޮށްދިނުމަށް އެދި އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. ގާޒީ ސަމީރު ޑްރަގު ކޯޓަށް ބަދަލު ކުރީ އަމިއްލަ އަށް އެގޮތަށް އެދިވަޑައިގަތުމުންނެވެ.