ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ, މަރުވެފައި ވަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އެ މިހާ މަރުވެފައި ވަނީ މިރޭ 8:49ގައި އެވެ.

މިއަދު މަރުވި ތިންވަނަ މީހާއެކު މިހާތަނަށް ޖުމްލަ 206 މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.

މިއަދު ފުރަތަމަ މަރުވީ, އިންޑިއާގެ އުމުރުން 55 އަހަރުގެ މީހެކެވެ. އޭނާ މަރުވީ, ރޭ ދަންވަރު 1:30ގައި އެވެ. ދެވަނަ އަށް މަރުވީ, އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ, ފަތިހު 5:19ގައި އެވެ.

މިއަދު މަރުވި ތިން މީހުންނަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ތިން މީހުންނެވެ.

ކޮވިޑްގައި މިއަދު ތިން މީހުން މަރުވި އިރު, އިއްޔެ މަރުވެފައި ވަނީ ދެ މީހެކެވެ.

އަދިވެސް ކޮވިޑް ބަލި ޖެހިފައި 5,400 އަށްވުރެ ގިނަ މީހުން ތިބި އިރު, އޭގެ ތެރެއިން 46 މީހަކަަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ޖުމްލަ މިހާތަަށް 71,000 އަށްވަރު ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 66,090 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.