19 Jun 2021, 10:33
ކޮވިޑު19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަރުވެ، ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ 205 އަށް އަރައިފި އެވެ.
މިއަދު ރާއްޖޭގެ ފުރަތަމަ ކޮވިޑު މަރަކީ ރޭ ދަންވަރު 1:30 ހާއިރު މަރުވި އުމުރުން 55 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ އަށް ފަރުވާ ދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެއީ ކޮވިޑުގައި ރާއްޖޭގެ 204 ވަނަ މަރެވެ.
މީގެ އިތުރުން މިއަދު ފަތިހު 5:19 ހާއިރު އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފަ އެވެ.
އޭނާ އަށްވެސް ފަރުވާ ދެމުން ގޮސްފައިވަނީ ހުޅުމާލޭ ފެސިލިޓީގައެވެ. އެއީ ކޮވިޑުގައި ރާއްޖޭގެ205 ވަނަ މަރެވެ.
ރާއްޖޭގައި 71،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.