އުރީދޫ މޯލްޑިވްސްގެ ފަސޭހަ ހޯމް ބްރޯޑްބޭންޑްގެ އައު ޕްލޭންތަކެއް ތައާރަފުކޮށް، އެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

އުރީދޫއިން ބުނީ އެ ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ތައާރަފްކުރީ ޕެންޑެމިކްއާއެކު ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއި ގޮތްތައް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އުރީދޫއިން ގެނައި މި ބަދަލާއެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާ ހިދުމަތް ލިބޭނެ އެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން އެ ކަސްޓަމަރަކު ނަގާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެ އެވެ.

ޑޭޓާ ރޯލްއޯވާގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސްއާއެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފްކޮށްފަ އެވެ. މި ޕްލޭންތައް ނަގާ ފަރާތްތަކަށް ހާއްސަ އޮފާއެއްގެ ދަށުން 20 ޕަސެންޓް އިތުރު ބޯނަސް ޑޭޓާ ވެސް ލިބިގެންދާނެ އެވެ.

އަލަށް ތައާރަފުކުރި ޕްލޭންތަކަކީ؛

  • ފަސޭހަ އެޗްބީބީ 60 ޖީބީ

    • އަގު: 799ރ
    • މަހަކު ލިބޭ އެލަވަންސް: 60 ޖީބީ
    • ބޯނަސް ޑޭޓާ: 12 ޖީބީ
    • ޖުމުލަ ލިބޭ ޑޭޓާ: 72 ޖީބީ
  • ފަސޭހަ އެޗްބީބީ 500 ޖީބީ
    • އަގު: 3،549ރ
    • މަހަކު ލިބޭ އެލަވަންސް: 500 ޖީބީ
    • ބޯނަސް ޑޭޓާ: 100 ޖީބީ
    • ޖުމުލަ ލިބޭ ޑޭޓާ: 600 ޖީބީ

ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު އުރީދޫގެވެބްސައިޓުންބަލައިލެވޭނެ އެވެ.

އުރީދޫއިން ވަނީ ދާދި ފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.