17 Jun 2021, 23:49
މި ދުވަސްވަރަކީ ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮންލައިންކޮށް ހުރިހާ ހިދުމަތެއްވެސް ހޯދަން އިސްކަންދޭ ދުވަސްވަރެކެވެ. އަދި ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރާ ގޮތަކީވެސް މިއީ އެވެ.
ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް އެކުންފުނިން ކަސްޓަމަރުންނަށް އަބަދުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ ގޮތްތަކަކީ؛
ދިރާގު މޮބައިލް އެޕްލިކޭޝަން
ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕްލިކޭޝަން ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެ އެވެ.
ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެ ގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް މިލިންކުންބަލައިލެވޭނެ އެވެ.
ދިރާގު ވެބްސައިޓް
ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައިވާ “Easy TopUp” އަށް ފިއްތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަން ބޭނުންވާ ގޮތް ހިޔާރުކުރުމަށްފަހު “Continue” އަށް ފިއްތާލާށެވެ.
ދިރާގު ވެބްސައިޓު މެދުވެރިކޮށް ރީލޯޑުކުރާ އިރުވެސް ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ފައިސާދެއްކޭނެ އެވެ.
ދިރާގު ޕޭ
ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިއްތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑްކޮށް ނިމުނީއެވެ.
ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އެވެ.
ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.