މެންޗެސްޓާ ސިޓީއާ އެކު މައްސަލަތަކެއް ޖެހިފައިވާ ކާލޮސް ޓެވޭޒް އެނބުރި އިނގިރޭސި ވިލާތަށް ގޮސްފި އެވެ.

ބެޔާން މިއުނިކާއި ދެކޮޅަށް މެންސިޓީ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ކުޅެން އެރުމަށް ދެކޮޅު ހެދުމުގެ މައްސަލައަށް ފަހު، އެޓީމުން ޓެވޭޒް ފެނިފައެއް ނުވެ އެވެ. އެމައްސަލައާއި ގުޅިގެން ޓެވޭޒް ވަނީ މެންސިޓީ އަށް ކުޅެން ބޭނުންނުވާ ކަމަށް އެތައް ފަހަރެއްގެ މަތިން ހާމަކޮށްފަ އެވެ. އަދި އިނގިރޭސި ވިލާތަށް އެނބުރި ނާންނާނެ ކަމަށް ވެސް އޭރު ޓެވޭޒް ބުނެފައިވެ އެވެ.

"ޓެވޭޒް މިހާރު ހުރީ އިނގިރޭސި ވިލާތުގައި. އިނގިރޭސިވިލާތަށް އައިސް މެންސިޓީ އާއި ގުޅުން ނޫންގޮތެއް ޓެވޭޒް އަށް ނެތުމުން އޭނާ އެ އައީ. ނަމަވެސް ޓެވޭޒް އެއް އަދު ކުލަބަށް މަޢާފަކަށް ނޭދޭ،" މެންސިޓީގެ އިސް އޮފިޝަލަކު ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިއަކީ ޓެވޭޒް އެވެ.