17 Jun 2021, 22:10
ރާއްޖެއިން އިތުރު 218 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 86 މީހުންނާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 116 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 13 މީހުންގެ އިތުރުން ތަރައްގީކުރަމުންދާ ރަށްރަށުން ތިން މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 71،356އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 6،930 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 67 މީހަކަށެވެ.
މިއަދު ބަލިން ރަނގަޅުވީ 1،034 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 64،214 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 201 މީހުން ވަނީ މަރުވެފަ އެވެ.