ބޮކްސިން ކުޅޭ މީހެއްގެ ރޯލުން ފަރުހާން އަޚްތަރު ފެނިގެންދާ ފިލްމު "ތޫފާން" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު އިންޑިއާއަށް ކޮވިޑްގެ ދެވަނަ ތޫފާނެއް އައިސްގެން އުޅުމުގެ ސަބަބުން ފިލްމު ފަސްކުރީ އެވެ. ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކުރަމުން ފަރުހާން ބުނީ މި ފިލްމު ރިލީޒްކުރާނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒްކުރާނީ އެމެޒޯން ޕްރައިމްގަ އެވެ.

ފިލްމު ކުޅެން 15 ކިލޯ ބަރުކުރި ފަރުހާން ވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބޮޑީބިލްޑް ވެސް ކޮށްފަ އެވެ. އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ މުރްނާލް ތާކޫރެވެ.