ކޮވިޑް19އަށް ފަރުވާދެމުންދަނިކޮށް އިތުރު މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 71 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވެފައިވަނީ ޑީއެޗް11ގައި ކޮވިޑަށް ފަރުވާދެމުންދަނިކޮށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 201ވަނަ މީހާ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިތިބި 7،747 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 67 މީހުންނަށެވެ.