16 Jun 2021, 10:43
ކޮވިޑު19 ޖެހިގެން ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.
ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުނ ބުނީ މަރުވެފައިވަނީ ކޮވިޑު ފެސިލިޓީގައި އެޑްމިޓުކޮށް ފަރުވާ ދެމުންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ ކޮވިޑު ޖެހިގެން ތިނަދޫ ގައި މަރުވި ދެވަނަ މީހާ އެވެ. އަދި ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި 200 ވަނަ މީހާ އެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މެއި މަހު އެވެ. މެއި މަހު 80 އަށްވުރެ ގިނަ މީހުން މަރުވި އެވެ.
ކޮވިޑު ޖެހޭ މީހުންގެ އަދަދު މި މަހުގެ ތެރޭ ދަށަށް ދާން ފެށިނަމަވެސް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރެވެ. އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލީގައި މަރުވާ ޒުވާނުންވެސް އިތުރުވެފައިވެ އެވެ.