16 Jun 2021, 09:33
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ބެލްބޮޓަމް" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.
ތިއޭޓާ ތަކުގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ މި ފިލްމަކީ އަންނަ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ރަންޖީތު އެމް ތިވާރީ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގައި އަކްޝޭ އާއެކު ލީޑު ރޯލުން ފެނިގެންދާނީ ވާނީ ކަޕޫރެވެ. އަދި މި ފިލްމަކީ ލާރާ ދައްތާގެ އިތުރުން ހުމާ ގުރައިޝީ ވެސް ފެނިގެންދާނެ ފިލްމެކެވެ.
މިދިޔަ އަހަރު މި ފިލްމުގެ ޝޫޓިން ނިމުނު ނަމަވެސް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ވަނީ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ހުއްޓިފައެވެ. މި ފިލްމު މިއަހަރު މެއި މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅާއެކު ފިލްމު ފަސްކުރަން މަޖުބޫރުވީއެވެ.