ރާއްޖެ އިން އިތުރު 224 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ހިސާބުތަކަސް ބަލާއިރު މިއަދު މާލެ ސަރަހައްދުން 113 މީހަކު އަދި އަތޮޅުތެރެއިން 104 މީހަކު ރިސޯޓުތަކުން ހަތްް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 70،301 އަށް އަރައިފަ އެވެ.

މިވަގުތު 9،326 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު 88 މީހަކު ތިބީ ހޮސްޕިޓަލުތަކުގައެވެ. ބަލީގައި މިހާތަނަށް 197 މީހަކު ވަނީ މަރުވެފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 60،769އަށް އަރާއިރު 1،937 މީހަކު ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭ ބަލިން ފަސޭހަވެފަ އެވެ.