13 Jun 2021, 13:57
މާލޭގެ ގެއެއްގައި ބާބަކިއު އެއް ހަދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 11:55 ހާއިރު، ހ. ފައިންޕާކް ގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.
ބާބަކިއު އެއް ހަދަމުން ދަނިކޮށް ރޯވި އަލިފާން ނިއްވާލީ އެ ގޭގެ މީހުން ކުރި މަސައްކަތުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެކަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެެވެ.
އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.