14 Feb 2012, 23:17
އިކޮނޮމިކް ކައުންސިލެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
މިކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތް ވަޒަން ކުރައްވައި އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ޓަކައި މިހާރުން މިހާރަށް އަޅުއްވަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި އުފައްދަވާ ކައުންސިލެކެވެ. މި ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރުން ވަރަށް އަވަހަށް އިޢްލާނު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ސަރުކާރުގެ ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި، މަރާމާތު ކުރައްވަން ޖެހޭ ތަންތަން ވީހާ ވެސް އަވަހަކަށް މަރާމާތު ކުރައްވައި، ޚިދްމަތް ދެއްވަން ފެށްޓެވުމަށްވެސް ނިންމެވި އެވެ.