13 Jun 2021, 11:22
ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެ, އަދަދު 197 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ފަތިހު މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވީ މިއަދު ފަތިހު 04:47 ގައެވެ.
މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 197އަށް ވަނީ އަރައިފަ އެވެ.
މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 11،041 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 97 މީހުންނަށެވެ.