13 Jun 2021, 08:34
ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެެނެއް އިއްޔެ މަރުވެފައިވާ ކަމަށެވެ.
މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 196އަށް ވަނީ އަރައިފަ އެވެ.
މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 11،041 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 97 މީހުންނަށެވެ.