ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ލ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވީ މިއަދު ހެނދުނު 10:54 ހާއިރު އެވެ.

މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 194އަށް ވަނީ އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 13،071 މީހުން އެބަ ތިއްބެވެ. އޭގެ އޭގެތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 111 މީހުންނަށެވެ.