ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 84 އަހަރުގެ މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ.

މަރުވެފައި ވަނީ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 09:55 ހާއިރު އެވެ.

މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 193 އަށް އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 13،071 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 111 މީހުންނަށެވެ.