14 Feb 2012, 18:09
މި ފެބްރުއަރީ މަހުގެ 26 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ، ރާއްޖެ އިސްލާމްވި ދުވަސް ކަމަށްވާ ރަބީއުލްއާހިރު މަހުގެ 2 ވަނަ ދުވަސް ދިމާވަނީ މި ފެބްރުއަރީ މަހުގެ 24 ވާ ހުކުރު ދުވަހަށް ކަމުގައިވާތީ އެވެ.
އަދި ރަސްމީ ބަންދު ދުވަހެއް ހުކުރު ދުވަހަކާ ދިމާވެއްޖެ ނަމަ، އެ ދުވަހުގެ ބަދަލުގައި އެ ދުވަހުގެ ފަހުން އެންމެ ފުރަތަމަ އަންނަ ބަންދު ނޫން ދުވަސް ރަސްމީ ބަންދު ދުވަހަކަށް ވާނެ ކަމަށް 27 ޖޫން 2000ގައި ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމަކުން އާއްމުކޮށްފައި ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.