10 Jun 2021, 10:09
ކުޅުދުއްދުފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އަނެއްކާވެސް އެ ސިޓީ މޮނިޓަރިން އަށް ލައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ޕޮޒިޓިވް ވެފައިވަނީ އެ ސިޓީ އާއި މާލެއާ ދެމެދު ދަތުރު ކުރާ ފެރިީ އެއްގެ ކްރޫއެއް ކަމަށެވެ.
ރޭ ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިން އަށް ލާފައިވާއިރު، އެޗްޕީއޭގެެ ހުއްދަ ނެތި އެރަށުން ފޭބުމާއި އެރަށަށް އެރުން މަނާވާނެ އެވެ. ނަމަވެސް ސިއްހީ ފަރުވާ ހޯދުމަށް ކުޅުދުއްފުއްޓަށް ދާ މީހުން އެޗްޕީއޭގެ ސާކިޔުލާ އާއި އެއްގޮތަށް އަމަލު ކުރުމަށް ހޮސްޕިޓަލުން އެދެ އެވެ.
މިދިޔަ މަހުވެސް ކުޅުދުއްފުށި ކޮވިޑް ކޭސްތަކެއް ފެނި މޮނީޓަރިން އަށް ލާފައިވެ އެވެ.
ރާއްޖޭގެ ގިނަ ރަށްރަށަކުން ކޮވިޑު ކޭސްތައް ފެނި މިވަގުތު މޮނީޓަރިންގައި އޮތް އިރު، މިދިޔަ މެއި މަހާ އަޅާ ބަލާއިރު ބަލީގެ ހާލަތު މިހާރު ދަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.