ބާވީސް އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕު 2013 ގެ ގުރުލުން ކުރިއަށް ގެންގޮސްފި އެވެ.

ބާވީސް އަހަރުން ދަށުގެ އޭޝިއަން ކަޕުގައި 41 ގައުމު ބައިވެރިވެފައި ވެއެވެ. މި 41 ގައުމަކީ އޮސްޓްރޭލިއާ، ބަހްރޭން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޗައިނާ ޕީއާރު، ޗައިނީސް ޓައިޕޭ، ޑީޕީއާރު ކޮރެއާ، ހޮންގް ކޮންގް، އިންޑިއާ، އިންޑޮނޭޝިއާ، އީރާން، އިރާގް، ޖަޕާން، ޖޯޑަން، ކޮރެއާ ރިޕަބްލިކް، ކުވޭތު، ކިރްގިސްތާން، ލާއޮސް، ލުބްނާން، މަކާއު، މެލޭޝިޔާ، ދިވެހިރާއްޖެ، މިޔަންމާ، ނޭޕާލް، އޮމާން، ޕާކިސްތާން، ފަލަސްތީން، ފިލިޕީންސް، ގަތަރު، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ސްރީލަންކާ، ސީރިޔާ، ތަޖިކިސްތާން، ތައިލޭންޑް، ޓިމޯ ލެސްޓެ، ތުރްކުމެނިސްތާން، ޔުނައިޓެޑް އަރްބް އެމިރޭޓްސް، އުޒްބެކިސްތާން، ވިއެޓްނާމް އަދި ޔަމަނެވެ.

ހަތް ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖެ މިފަހަރު ލައްވާލީ ގްރޫޕް ސީ ފަޅީ ގައައެވެ.
މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ގައުމުތަކަކީ ކުވައިތު، ގަތަރު، ތަޖިކިސްތާން، އިރާން އަދި ބަހުރެނެވެ.

ގުރުލުމުގައި ގައުމުތަކުގެ ރޭންކިންގް ތަކަށް ބަލާގޮތަށް ވެސް އޭއެފްސީ އިން ހަމަޖައްސާފައި ވެއެވެ. މިގުރުލުމުގައި 2010 ވަނަ އަހަރު ބޭއްވި އޭއެފްސީ 19 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ބައިވެރިނުވާ ކެމްބޯޑިއާ އާއި، ކިރްގިސްތާން އާއި، ލުބްނާން އާއި، ދިވެހިރާއްޖެ އާއި، ފިލިޕީންސް އާއި، ސްރީލަންކާ އާއި، ޓިމޯ ލެސްޓޭ އަދި ތުރްކްމެނިސްތާން ހިމެނެނީ ރޭންކުގެ ގޮތުން އެންމެ ދަށް ގައުމުތަކުގެ ގޮތުގަ އެވެ.
އޭޝިއަން ފުޓްބޯޅަ ކޮންފިޑަރޭޝަން (އޭއެފްސީ) ބުނީ މުބާރާތުގެ ކޮލިފައިން މެޗްތައް މިއަހަރު ފެށޭގޮތަށް ހަމަޖައްސާފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.