10 Jun 2021, 08:56
ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "އައުޓާ ބޭންކްސް"ގެ ދެވަނަ ސީޒަންގެ ޓީޒާ ދައްކާލާ ސީރީޒް އިއުލާންކުރާ ތާރީޚު އިއުލާންކޮށްފި އެވެ.
އައުޓާ ބޭންކްސްގެ އޮފިޝަލް ޕޭޖުން ވަނީ އެ ސީރީޒްގެ ދެވަނަ ސީޒަންގެ ޓީޒާކޮޅެއް ދައްކާލުމަށް ފަހު ޖުލައި މަހު ސީރީޒް ޕްރިމިއާކުރާނެ ކަމަށް ބުނެފަ އެވެ. ޖުލައި 30 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ސީރީޒަކީ ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒެކެވެ.
މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެ ވަނަ ސީޒަން ފަށާއިރު ފުރަތަމަ ސީޒަން ނިމިގެންދިޔައީ ވަރުގަދަ ތޫފާނެއްގައި ސާރާ (މެޑެލީން ކްލައިން) އާއި ޖޯން ބީ (ޗޭސް ސްޓޯކްސް) ޖެހި އެ ތޫފާނުން ސަލާމަތްވެ ބަހާމާސް އަށް ދެވޭ ހިސާބުންނެވެ ޓީޒާއިން ފެނިގެންދަނީ އެ ގްރޫޕުގެ ބާކީ ތިބި މެންބަރުން ސާރާ އާ ޖޯން ބީ މަރުވީ ކަމަށް ނިންމައިގެން ތިބި ތަނެވެ.