ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 94 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 10:31 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 191 ވަނަ މީހާ އެވެ. މިއަދު ހުޅުމާލޭ ފެސިލިޓީ އިން އިތުރު މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ކޮވިޑް ފެތުރުން އިންތިހާއަށް ދިއުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ދަށް ވާން ފަށައިފަ އެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 370 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިވަގުތު 17،461 މީހަކު ބަލި ޖެހިފައި ތިބި އިރު، އެޑްމިޓްކޮށްގެން ފަރުވާ ދެނީ 152 މީހަކަށެވެ.