ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދނު 09:50 ގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 190 އަށް އަރައިފަ އެވެ.

ކޮވިޑް ފެތުރުން އިންތިހާއަށް ދިއުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ބަލި ޖެހޭ މީހުންގެ އަދަދު ދަށް ވާން ފަށައިފަ އެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 370 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިވަގުތު 17،461 މީހަކު ބަލި ޖެހިފައި ތިބި އިރު، އެޑްމިޓްކޮށްގެން ފަރުވާ ދެނީ 152 މީހަކަށެވެ.