ލ. ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދނު 09:13 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި މަރުވި 189 ވަނަ މީހާ އެވެ. އިއްޔެ ކޮވިޑް ޖެހިގެން ރާއްޖެ އިން ތިން މީހަކު މަރުވި އެވެ.

އިއްޔެ ރާއްޖެއިން 552 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު 18،462 މީހަކު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެެރެއިން 164 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ.