08 Jun 2021, 09:56
އދ. ދަނގެތި ފަޅުގައި އޮތް ސަފާރީއަކުން މޫދަށް ފޭބި ޒުވާނަކު މަރުވެއްފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ، ރ. އިނގުރައިދޫ، ވެސްޓް ބީޗް މުމްތާޒް ހުސައިން، 32 އެވެ.
ފުލުހުން ބުނީ ދަނގެތީ ފަޅުގައި އޮތް 'ބްލޫ ފޯސް' ސަފާރީ އިން އޭނާ މޫދަށް ފޭބީ ރޭ 22:30 ހާއިރު ކަމަށެވެ. މޫދަށް ފޭބިގޮތަށް ހަބަރެއް ނުވެގެން ބެލި އިރު، ސަފާރީ އާ ދިމާ މޫދު އަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އޭނާ ނެގި އިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.