އެލް ރާއީ ޕްރޮޑިއުސްކޮށް، ވިނިލް މެތިއު ޑައިރެކްޓްކުރާ ފިލްމު "ހަސީން ދިލްރުބާ" ޓީޒާ އާންމުކޮށްފި އެވެ.

ބަތަލާ ތާޕްސީ ޕަންނޫ އާ ވިކްރަންތު މެސީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި އެދެތަރިން ފެނިގެންދާނީ ދެމަފިރިންގެ ގޮތުގަ އެވެ. އަންނަ މަހުގެ ދެވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ތްރިލާ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ އެދެތަރިންގެ އިތުރުން ލީޑު ރޯލަކުން ފެނިގެންދާނީ ހަރްޝްވަރްދަން ރާނޭ އެވެ.

ގިނަ ފިލްމުތަކުން ފެނިފައިވާ ތާޕްސީ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އުންމީދީ ބަތަލާ އެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިންކް"، "ބަދްލާ"، "ޖުޅްވާ 2" އަދި "ޕިންކް" ހިމެނެ އެވެ.