ކޮވިޑު19 އަށް ފަރުވާ ހޯދަމުންދިޔަ 75 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކު މިރޭ 8:40 ހާއިރު މަރުވެފައިވާ ކަމަށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ ވަނީ 188 އަށް އަރައިފަ އެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ތިން ވަނަ މީހާ އެވެ. އުމުރުން 100 އަހަރުގެ މީހަކާއި 86 އަހަރުގެ މީހެއްވެސް މިއަދު ވަނީ ކޮވިޑުގައި މަރުވެފަ އެވެ.