ގްރޭޓާ މާލޭ އޭރިއާ އިން ޕޮިޒޓިވްވި 271 މީހުންނާ އެކު ރާއްޖެ އިން 552 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން 271 މީހަކާއި އަތޮޅު ތެރެއިން 249 މީހެއްގެ އިތުރުން ރިސޯޓުތަކުން 31 މީހަކާއި ހަދަމުންދާ ރަށަކުން އެކަކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 68،502 އަށް އަރައިފަ އެވެ. މިވަގުތު 18،462 މީހަކު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެެރެއިން 164 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ.

މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 49،844 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 1758 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.

ބަލީގައި ރާއްޖެއިން 187 މީހަކު ވަނީ މަރުވެފަ އެވެ.