ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ދައުލަތުގެ އަނެއް ދެ ބާރު، އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ވަކިވަކިން އޮތް އެ ދެ ބައްދަލު ކުރެއްވުމުގައި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ޢަދުލު އިންޞާފްގެ ނިޒާމަށް އެމަނިކުފާނު އެއްވެސް ހާލެއްގައި ބާރު ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން، އުއްތަމަ ފަނޑިޔާރަށް ދެއްވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ޤައުމުގެ މިހާރުގެ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތަފްޞީލު ދެއްވި ކަމަށެވެ. އަދި ޤައުމުގައި ހަމަޖެހުން ޤާއިމް ކުރެއްވުމަކީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވި އެވެ.