07 Jun 2021, 12:06
ހދ. މަކުނުދޫ އިން ކޮވިޑް19 އަށް އަށް މީހަކު ޕޮސިޓިވްވެ، ރަށް މޮނިޓަރިންނަށްލައިފި އެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށުގައި ހޮނިހިރު ދުވަހު ނެގި 37 ސާމްޕަލަކުން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކައުންސިލްގެ ފަރާތުން އަޅާފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލުން އިލްތިމާސް ކުރަނީ ޒަރޫރީ ބޭނުމަކު ފިޔަވައި، ރަނގަޅަށް ކޮންޓެކްޓް ޓްރޭސް ހެދެންދެން، އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ކަމަށް 1800 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑަށް ޕޮސިޓިވްވި އަށް މީހުންނާ ސީދާ ބައްދަލުވި ކަމަށް ބެލެވޭ 100 ވަރަކަށް މީހުންގެ ސާމްޕަލް މިއަދު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައުޒަމް ވިދާޅުވީ މަހަށް ފުރާމީ ހުންނާއި އަދި އެ ނޫން މަސައްކަތްތައް ކުރާ މީހުން ވެސް، ކައުންސިލްގެ އިލްތިމާސްއަކީ މި ވަގުތު މަޑުކުރުން ކަމަށެވެ.