07 Jun 2021, 10:01
މާލޭގެ މަގެއްގެ މަތީގައި ޒަހަމްތަކަކާއެކު އޮތް ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފެނިފައި ވަނީ ރޭ މާފަންނު ބިސްބުރު ކައިރިން މަގުމަތީގައި އޮއްވައި ކަމަށެވެ.
އެމީހާ އެތަނުގައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 11.11ގައި ކަމަށާއި އެމީހާ ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު، ލިބިފައިވާ ޒަހަމްތަކާއި އެމީހާގެ ހާލަތާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.