ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާހޯދަމުން ދިޔަ 28 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.

އެއީ ކޮވިޑް ޖެހިގެން ގއ. ދާންދޫން ގެނައި މީހެކެވެ.

މިއީ ކޮވިޑްގައި ރާއްޖެ އިން މަރުވި 181 ވަނަ މީހާ އެވެ.

އެ މީހާއަކީ ސިއްހީ ބޮޑު ބައްޔެއް ހުރެގެން ފަރުވާ ހޯދުންދިޔަ މީހެއް ކަމެއް އެނގިފައެއް ނުވެ އެވެ.

ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން އޭނާ ކޮވިޑަށް ޓެސްޓް ކުރީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އަދި ހާލު ސީރިއަސްވެގެން ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި އޭނާ އެޑްމިޓް ކުރި އެވެ. އެއަށް ފަހު އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓެއްގައި އޭނާ މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ދިޔައީ ފަރުވާހޯދަމުންނެވެ.