04 Jun 2021, 19:32
އައްޑޫ ސިޓީގައި ވެކްސިން ޖެހޭ އާބާދީގެ 50 ޕަސަންޓު މީހުން ދެވަނަ ޑޯޒް ޖަހައިފި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑުން ދިފާއުވުމަށް އެ ސިޓީގައި މިހާތަނަށް 7،938 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އެއީ އެ ސިޓީގެ ވެކްސިން ޖެހޭ 18 އަހަރުން މަތީގެ އާބާދީގެ 50 ޕަސަންޓެވެ.
ފުރަތަމަ ޑޯޒް ވެކްސިން ޖަހާފައި ވަނީ، 14،050 މީހުންނެވެ. އެއީ ވެކްސިންޖެހޭ 18 އަހަރުން މަތީގެ އާބާދީގެ 91 ޕަސެންޓެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މިހާރު ޖެހުން ހުއްޓާލާފައިވާ އެ ވެކްސިންގެ ފުރަމަ ޑޯޒް 12،517 މީހަކު ފުރިހަމަކޮށްފައިވެ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ، 7،099 އެވެ.
ސީނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ، 1،533 އެވެ. ދެވަނަ ޑޯޒް ފުރިހަމަ ކުރީ 839 އެވެ.
އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 155 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑުގައި އައްޑޫ އިން މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.