04 Jun 2021, 01:47
ކޮވިޑު19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖޭން ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ ވަނީ 174 އަށް އަަރައިފަ އެވެ.
މިއީ މި ބަލީގައި ބުރާސްފަތި ދުވަހު މަރުވި ތިންވަނަ މީހާ އެވެ. އިއްޔެ ވަނީ ތިނަދޫ އިންވެސް މީހަކު މަރުވެފައެވެ. އަދި ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އިތުރު މީހަކުވެސް އިއްޔެ މަރުވި އެވެ.
މިދިޔަ މެއި މަހަކީ މި ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 80 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑުގައި މަރުވެފަ އެވެ.