ރާއްޖެއިން އިތުރު 648 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ހިސާބުތަކަށް ބަލާއިރު 3،832 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން 349 މީހަކާއި، އަތޮޅުތެރެއިން 270 މީހަކު އަދި ރިސޯޓުތަކުން 13 މީހަކާއިތަރައްގީ ކުރަމުންދާ ރަށްރަށުން 16 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިވަގުތު 213 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަކީ 22،375 އެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ 66،516 އަށް އަރާފައިވާއިރު 43،959 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 2،2180 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭގެ ނަންބަރުތައް ދައްކަ އެވެ.

ބަލީގައި މަރުވި މީހުންގެ ޖުމްލަ ވަނީ 173 އަށް އަރައިފަ އެވެ.