02 Jun 2021, 01:32
ކޮވިޑް ޖެހިގެން 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ އަޖީއެމްއެޗްގެ އީއާރަށް މިރޭ 12:10 އެހައިކަންހާއިރު ގެންދިޔަ ކުއްޖެކެވެ.
އެނގިފައިވާ ގޮތުގައި އެއީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި އެންމެ ހަނގު ކުއްޖާ އެވެ.
މި މަރާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 170 އަށް އަރާފަ އެވެ.