ރާއްޖެއިން މިއަދު އިތުރު 768 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 373 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 357 މީހުނންނާއި ހިންގަމުންދާ ރިސޯޓުތަކުން 15 މީހުންގެ އިތުރުން ސަފާރީތަކުން އަށް މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން 15 މީހުންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 65،164އަށް ވަނީ އަރާފަ އެވެ. މިވަގުތު ބަލި ޖެހިފައިތިބި 24،035 މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 208 އެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 834 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 40،951 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 169 މީހުން ވަނީ މަރުވެފަ އެވެ.

މިއަދު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ މާލޭ ސަރަހައްދުން 98 މީހުންނާއި އަތޮޅުތަކުން 246 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖެހީ މާލެ ސަރަހައްދުން 361 މީހުންނާއި އަތޮޅުތަކުން 906 މީހުންނެވެ.

މިއަދާ ހަމައަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 310،159 މީހުންނެވެ. އަދި އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 167،757 މީހުންނެވެ.