މަޝްހޫރު ފިލްމު ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގެނެސްދޭ ފިލްމެއްގެލީޑަށް އަނަންޔާ ޕާންޑޭ އާ ސިދާންތު ޗަކުރަވޭދީ ހަމަޖައްސައިފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ބަތަލާ އަނަންޔާ އާ ސިދާންތު އަށް މި ފިލްމުން ފުރުސަތު ލިބުނުއިރު "ވައިޓް ޓައިގާ"ގެ ރޯލެއް އަދާކުރި އެކްޓަރު އާދާޝް ގޯރަވް އަށްވެސް ވަނީ މި ފިލްމުން ފުރުސަތު ލިބިފަ އެވެ. މި ފިލްމުގެ މަސައްކަތް މި އަހަރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އަނަންޔާ އާ ސިދާންތު އަށް ޒޯޔާގެ ފިލްމުން ފުރުސަތު ލިބުނުއިރު އެދެތަރިން މިހާރު ވެސް އަނންނަީ އެކުގައި ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ޝޫޓިންގެ އެއްބައި މިހާރު ފުރިހަމަކޮށްފައިވާއިރު އެ ފިލްމަކީ ޑާކް ތްރިލާއެކެވެ.

އެކްޓަރު ސިދާންތު ވަނީ މީގެ ކުރިން ވެސް ޒޯޔާ އަޚްތަރު އާއެކު މަސައްކަތް ކޮށްފަ އެވެ. އެއީ އޭނާ ބޮލީވުޑަށް ނުކުތް ފިލްމު "ގަލީބޯއީ" އެވެ. ބަތަލާ އަނަންޔާ ބޮލީވުޑަށް ނުކުތީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ.