01 Jun 2021, 17:03
ކޮވިޑު19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 167 އަށް އަރައިފި އެވެ.
މިއީ މި ބަލީގައި މިއަދު ރާއްޖޭގައި ދުނިޔެ ދޫކުރި ހަ ވަނަ މީހާ އެވެ. މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އިތުރު ތިން މީހަކާއި އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއްގެ އިތުރުން އައިޖީއެމްއެޗު އީއާރަށް ގެންދިޔަ މީހަކުވެސް މިއަދު ވަނީ މަރުވެފަ އެވެ.
ބަލީގައި އިއްޔެ ވެސް ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.
ހުސްވި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ. އެގޮތުން މެއި މަހު އެކަނި ވެސް ކޮވިޑުގައި ރާއްޖެ އިން 88 މީހަކު ވަނީ މަރުވެފަ އެވެ.