ކޮވިޑު19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 166 އަށް އަރައިފި އެވެ.

މިއީ މި ބަލީގައި މިއަދު ރާއްޖޭގައި ދުނިޔެ ދޫކުރި ފަސްވަނަ މީހާ އެވެ، މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗު އީއާރުގަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ތިން މީހަކާއި އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ.

ބަލީގައި އިއްޔެ ވެސް ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.

ހުސްވި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ. މެއި މަހު އެކަނި ވެސް ކޮވިޑުގައި ރާއްޖެ އިން 88 މީހަކު ވަނީ މަރުވެފަ އެވެ.